ޔޫނާން

ވިކިޕީޑިއާ އިން

Hellenic Republic
Ελληνική Δημοκρατία
Ellīnikī́ Dīmokratía
Motto:Eleftheria i Thanatos, (Greek: "Ελευθερία ή Θάνατος", "Freedom or Death") (traditional)
Anthem:ފަންވަތް:Polytonic
Ýmnos eisn Eleftherían
Hymn to Liberty1
Capital
(and largest city)
Athens
38°00′N 23°43′E / 38, 23.717
Official languages Greek
Demonym Greek
Government Parliamentary republic
- President Karolos Papoulias
- Prime Minister George Papandreou
Legislature Parliament
Modern statehood
- Independence from the Ottoman Empire 25 March 1821
- Recognized 3 February 1830, in the London Protocol
- Kingdom of Greece 7 May 1832, in the Convention of London
- Current constitution 11 June 1975,
Third Hellenic Republic
EU accession 1 January 1981
Area
- Total 131,990km2(96th)
50,944sqmi
- Water(%) 0.8669
Population
- 2010estimate 11,306,183[1](74th)
- 2001census 10,964,020[2]
- Density 85.3/km2(88th)
221.0/sqmi
GDP(PPP) 2008estimate
- Total $341.688 billion[3](33rd)
- Per capita $30,681[3](26th)
GDP (nominal) 2008estimate
- Total $357.548 billion[3](27th)
- Per capita $32,105[3](27th)
Gini(2005) 332(low)(36th)
HDI(2007) Green Arrow Up Darker.svg 0.942[4](veryhigh)(25th)
Currency Euro ()3 (EUR)
Time zone EET (UTC+2)
- Summer(DST) EEST(UTC+3)
Drives on the right
Internet TLD .gr4
Calling code 30
1 Also the national anthem of Cyprus.
2 CIA World Factbook.
3 Before 2001, the Greek drachma.
4 The .eu domain is also used, as it is shared with other European Union member states.

ދިވެހި ބަހުން ޔޫނާނޭ ކިޔާ ގްރީސް އަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

ޔޫނާނުގެ ރަސްމީ ބަހަކީ ޔޫނާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގްރީކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އެތީނާ ނުވަތަ އެތެންސެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 73 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.13 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gr. އެވެ. ކޯލިން ކޯޑަކީ +30 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

[އުނިއިތުރު ގެންނަވާ] ނަން

ޔޫނާނުގެ ނަމަށް ބަލާއިރުގައި ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ ޔޫނާން މި ބަސް ދިވެހިބަހަށް އައިސްފައިވަނީ ޢަރަބި ބަހުގެ ތެރެއިންނެވެ. މި ޤައުމަށް އިނގިރޭސީން ކިޔާ އެއް ނަމަކީ ގްރީސްއެވެ. އަނެއް ނަމަކީ ހެލާސްއެވެ. ރަސްމީ ގޮތުން ކިޔާ ނަމަކީ ހެލެނިކް ރިޕަބްލިކެވެ.

[އުނިއިތުރު ގެންނަވާ] ޖުޣުރާފީ

ޔޫނާން އޮންނަނީ ބަލްކަން ޕެނިންސޫލާގެ ދެކުނު ކޮޅުގައެވެ. ޔޫނާނުގެ އުތުރުގައި އޮންނަނީ އަލްބޭނިޔާ އާއި ރިޕަބްލިކް އޮފް މެސެޑޯނިޔާގެ އިތުރުން ބަލްގޭރިއާއެވެ. އިރުމަތީގައި އޮތީ ތުރުކީއެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

މިއަދުގެ ޔޫނާނަކީ ޤަދީމީ ޔޫނާނާ ގުޅުން ހުރި ތަނެކެވެ. ޤަދީމީ ޔޫނާނަކީ ހުޅަނގުގެ ޙަޟާރަތްތަކުގެ ފެށުމެވެ. އެއީ މި ޒަމާނުގައި މިދެކޭ ޑިމޮކްރަސީ އުފަންވި ބިމެވެ. ހުޅަނގުގެ ފަލްސަފާ އާއި އޮލިމްޕިކް ގޭމްސް އާއި ހުޅަނގުގެ އަދަބިއްޔާތާއި ތާރީޚު ޢިލްމާއި ސިޔާސީ ޢިލްމުތަކާއި ހިސާބުގެ އުޞޫލުތަކާއި ހުޅަނގުގެ ޑްރާމާތައް ޓްރެޖެޑީ އާއި ކޮމެޑީތައް ވެސް އުފަންވީ ޔޫނާނުގެ ބިމުގައެވެ. ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ތަރައްޤީގެ ހުޅުކޮޅު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިއްލުނީ ޔޫނާނުގައެވެ. ތަފާތު ހުނަރުތަކުން މުއްސަނދިވެގެންވާ އެޑްވާންސް ސަގާފަތެއްގެ ބިންގާ އެންމެ ފުރަތަމަ އެޅުނު ޔޫރަޕުގެ ޤައުމަކީ ވެސް ޔޫނާނެވެ. ރޫމީންގެ ވެރިކަމުގެ ކުލަވަރުތަކާއި ހެލެނިކް ސަގާފަތުގެ މަސްހުނިވުމާ އެކު ބީޒަންޓައިން އެމްޕަޔަރ ނުވަތަ އިރުމަތީ ރޫމީ އެމްޕަޔަރ ވުޖޫދަށް އައެެވެ. އެއީ މީލާދީން 330 ހިސާބުގައި ގުސްތަންތީނިއްޔާގައެވެ. މިހާރުގެ ނަމުން ނަމަ ތުރުކީގެ އިސްތަންބޫލުގައެވެ. އިސްތަންބޫލު އޮންނަނީ އޭޝިޔާ ބައްރާއި ޔޫރަޕު ބައްރު ގުޅޭ ހިސާބުގައެވެ. ގާތްގަނޑަކަށް 1123 އަހަރު ވަންދެން އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ބައިޒަންޓައިން އެމްޕަޔަރ އޮތެވެ. އެއީ ގުސްތަންތީނިއްޔާ ނުވަތަ އިސްތަންބޫލު މީލާދީން 1453 ގައި ތުރުކީގެ މުސްލިމް އުސްމާނީންގެ އަތްދަށަށް ދިއުމާ ހަމަޔަށެވެ. އުސްމާނީންގެ އަތްދަށަށް ގުސްތަންތީނިއްޔާ ދިއުމުން އެތަނުގައި ތިބި ޔޫނާނީ ފަލްސަފާ ވެރީންނާއި އެހެން ޢިލްމުތަކާއި ފަންނުތަކުގެ މާހިރުން ޔޫރަޕަށް ހިޖުރަކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ހިޖުރަކޮށްފައިވަނީ ރޫމަށެވެ. އިޓަލީއަށެވެ. އެހެން ބައެއް މީހުން ޔޫރަޕުގެ އެހެން ހިސާބުތަކުގައި ވެސް ވަޒަންވެރިވިއެވެ. މި މީހުންގެ ސަބަބުން ޤަދީމީ ޔޫނާނުގެ ޢިލްމުތަކަށް ޔޫރަޕުގެ މީހުން ސަމާލުކަން ދޭން ފެށިއެވެ. ތުރުކީއެކޭ އެއްފަދައިން މިއަދުގެ ޔޫނާނު ވެސް އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގައެވެ. އުސްމާނީ ޚިލާފަތުގެ ދަށުން ޔޫނާނަށް މިނިވަންކަން ލިބިފައިވަނީ 25 މާރިޗު 1821 ގައެވެ. އެހެން ނަމަވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބެލެވެން ފެށީ 3 ފެބުރުވަރީ 1830 އިން ފެށިގެންނެވެ. 7 މެއި 1832 ގައި ޔޫނާނުގެ ރަސްކަމެއް ޤާއިމުވިއެވެ. މިހާރުގެ ޤާނޫނު އަސާސީއާ އެކު 11 ޖޫން 1975 ގައި ތިންވަނަ ހެލެނިކް ޖުމްހޫރިއްޔާ ޤާއިމުވިއެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

ޔޫނާނުގެ އާބާދީގެ ގިނަ މީހުންނަކީ ޔޫނާނީ ނަސްލަށް ނިސްބަތްވާ މީހުންނެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

ޔޫނާނުގެ ސަގާފަތަކީ އެތައް ހާސް އަހަރެއް ވީ ސަގާފަތެކެވެ. އޭގެ އިތުރުން ނަޞާރާ ދީނުގެ ކަންތައްތައް މަސްހުނިވެގެން އުފެދުނު ސަގާފަތެކެވެ. ޙަޤީޤަތުގައި ޢީސާގެފާނުގެ ދީން މަސްހުނިވެ މިހާރު މި އޮތް ގޮތަށް ބަދަލުވެގެން ދިޔައީ ވެސް ޔޫނާނީ ޢަޤީދާތައް އެދީނުގެ ތެރެއަށް ވެއްދުމުގެ ސަބަބުންނެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

ޔޫނާނަކީ ތަރައްޤީވެފައިވާ އަދި ޔޫރަޕިޔަން ޔޫނިއަންގެ މެންބަރު ޤައުމެކެވެ. އެ ޤައުމުން ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށްވީ 1981 ވަނަ އަހަރުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 30681 ޑޮލަރެވެ.


Cite error: tags exist, but no tag was found

އެހެން ބަސްބަހުން
 Web-Blaster V2.21 Webblaster-Feld schließen
Die angezeigte Seite wurde durch den Web-Blaster geleitet und dadurch mit der Datenbank des Assoziations-Blasters verknüpft.

Der Web-Blaster ist ein alternativer Browser, der beliebige Webseiten mit Links anreichert. Der gesamte Vorgang geschieht in Echtzeit mit den Original-Daten, es werden keine fremden Daten auf dem Blaster-Server zwischengespeichert.

Um diesen Modus zu verlassen und normal weiter zu browsen, muss der Web-Blaster abgeschaltet werden.

Webblaster abschalten