އިސްޕެއިން

ވިކިޕީޑިއާ އިން

Kingdom of Spain
Reino de España
Motto:"Plus Ultra"(Latin)
"Further Beyond"
Anthem:"Marcha Real"(Spanish)[note 1]
"Royal March"
Capital
(and largest city)
Madrid
40°26′N 3°42′W / 40.433, -3.7
Official languages Spanish[note 2]
Recognised regionallanguages Aranese, Basque, Catalan/Valencian and Galician
Ethnic groups 88.0% Spanish, 12.0% (Romanian, Moroccan, Ecuadorian) other (2009)[1]
Demonym Spanish, Spaniard
Government Parliamentary democracy and Constitutional monarchy
- King Juan Carlos I
- Prime Minister José Luis Rodríguez Zapatero (PSOE)
Formation 15th century
- Dynastic 1479
- de facto 1516
- de jure 1716
- Constitutional democracy 1978
EU accession 1 January 1986
Area
- Total 504,030km2(51st)
195,364sqmi
- Water(%) 1.04
Population
- 2009estimate 46,661,950[2](27th)
- Density 90 people/km2(106th)
231/sqmi
GDP(PPP) 2008estimate
- Total $1.395 trillion[3]
- Per capita $30,588[3]
GDP (nominal) 2008estimate
- Total $1.602 trillion[3]
- Per capita $35,116[3]
Gini(2005) 32[4]
HDI(2007) Green Arrow Up Darker.svg 0.955(very high)(15th)
Currency Euro ()[note 3] (EUR)
Time zone CET[note 4] (UTC+1)
- Summer(DST) CEST(UTC+2)
Date formats dd.mm.yyyy (Spanish; CE)
Drives on the right
Internet TLD .es[note 5]
Calling code 34

ކިންގްޑަމް އޮފް ސްޕެއިން ނުވަތަ އިސްޕެއިންއަކީ ހުޅަނގު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. އިސްޕެއިން އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

އިސްޕެއިނުގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން އިސްޕެއިނު މީހުންނަށް ކިޔަނީ ސްޕެނިޝް ނުވަތަ ސްޕެނިޔާރޑްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މެޑްރިޑެވެ. އިސްޕެއިނުގެ ވެރިރަށަކީ ވެސް މެޑްރިޑެވެ. އިސްޕެއިނަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ނުވަތަ 28 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ es. އެވެ. ކޯލިން ކޯޑަކީ +34 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

[އުނިއިތުރު ގެންނަވާ] ނަން

އިސްޕެއިނުގެ ނަން “ސްޕެއިން” ނުވަތަ “އެސްޕާޏާ” ގެ ނަން އައިސްފައިވާ ގޮތާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. ޤަދީމީ ރޫމާނީން އިބޭރިއާއަށް ކިޔާފައިވާ ނަން ކަމުގައިވާ ހިސްޕޭނިޔާއަކީ ހިސްޕޭރިޔާ މި ބަހުން ނެގިފައިވާ ނަމެއްކަމަށް ބެލެވިފައިވެއެވެ. “ހިސްޕޭރިޔާ” ގެ މާނައަކީ “ލޭންޑް އޮފް ދަ ސެޓިން ސަން” އެވެ. ބައެއް މީހުން ބުނާ ގޮތުގައި އިސްޕެއިނުގެ ނަން ނެގިފައިވަނީ އިސްޕަނިހާދުންނެވެ. މީގެ މާނައަކީ “ލޭންޑް އޮފް ރެބިޓްސް”އެވެ. ނުވަތަ އެޒްޕަންޏާ މިބަހުންނެވެ. މީގެ މާނައަކީ ކަން ނުވަތަ ކޮޅެވެ.މި ނޫން އެތައް ގޮތަކަށް ވެސް އިސްޕެއިނުގެ ނަމުގެ އަޞްލާ ބެހޭ ގޮތުން ވާހަކަ ދެކެވެއެވެ.

[އުނިއިތުރު ގެންނަވާ] ޖުޣުރާފީ

ސްޕެއިނުގެ އިރުމައްޗާއި ދެކުނުގައި އޮންނަނީ މެދުތެރޭ ކަނޑެވެ. ދެކުނު ފަރާތުން ޖިބްރޯލްޓަރާ ވެސް ގުޅިފައިވާ ސްޕެއިނުގެ ދެ ޝަހަރު އުތުރު އެފްރިކާގައި ވެސް އޮވެއެވެ. މި ދެ ޝަހަރުން ސްޕެއިނާ ބޯޑަރު ޙިއްޞާކުރާ ޤައުމަކީ މޮރޮކޯއެވެ. ސްޕެއިނުގެ އުތުރުގައި އޮތީ ފަރަންސޭސިވިލާތާއި އެންޑޯރާ އާއި ބޭއި އޮފް ބިސްކޭއެވެ. ހުޅަނގުއުތުރާއި ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑާއި ޕޯޗުގަލްއެވެ. މެދުތެރޭ ކަނޑުގައި އޮންނަ ބަލެއަރިކް ޖަޒީރާ އާއި އެޓްލާންޓިކް ކަނޑުގައި އެފްރިކާގެ އައްސޭރިޔާ ދިމާއަށް އޮންނަ ކެނަރީ ޖަޒީރާއަކީ ސްޕެއިނުގެ ދަށުން ހިނގާ ސްޕެއިނުގެ ރަށްރަށެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

ޖުޣުރާފީ ގޮތުން އިސްޕެއިނު އޮތް ތަނުގެ ސަބަބުން ބޭރުގެ ވަރަށް ގިނަ ނުފޫޒުތަކުން ބާރު ފޯރުވަން މަސައްކަތްކުރި ތަނަކަށް އިސްޕެއިނުވަނީ ވެފައެވެ. މީލާދީން 8 ވަނަ ޤަރުނުގައި އުތުރު އެފްރިކާއިން އައި މުސްލިމުންވަނީ އިބޭރިއަން ޕެނިންސޫލާ ފަތަޙަކޮށްފައެވެ. މިއީ އުމަވީ ޚިލާފަތުގެ ދުވަސްވަރުގައެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި އިސްޕޭނު ނުވަތަ “އަންދަލުސް” އޮތް އިރުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެމީހުންގެ ދީން މަތީގައި ތިބުމުގެ ހުއްދަ ދިނެވެ. އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމަކަށް މުސްލިމުން ހުރަސް އަޅާފައެއް ނުވެއެވެ. އިސްޕެއިނުގެ އިސްލާމީ ވެރިކަމުގައި އެތަނުގައި ވަރަށް ބޮޑަށް މުސްލިމުން އިތުރުވެގެންދިޔައެވެ. އިސްލާމުންގެ ވެރިކަމުގައި ވެރިރަށެއްގެ ގޮތުގައި އޮތް ޤުރުޠުބާއަކީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ފުރިހަމަ ޝަހަރެވެ. އިހުޒަމާނުގެ ޔޫނާނީންގެ ޢިލްމު ޔޫރަޕުގައި ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިސްޕެއިނުގައި އޮތް މުސްލިމު ވެރިކަމުގެ ފަރާތުންނެވެ. މީލާދީން 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގައި އިސްޕެއިނުން ވަނީ އެ ޤައުމަށްވުރެ ބޮޑު އެތައް ޤައުމެއް އެ ޤައުމުގެ އިސްތިޢުމާރުގެ ދަށަށް ގެނެސްފައެވެ. މި ގޮތުން ދެކުނު އެމެރިކާ ބައްރުގެ ވަރަށް ގިނަ ޤައުމުތަކަކީ ސްޕެއިނުގެ ދަށުގައި އޮތް ޤައުމުތަކެވެ. އެހެންކަމުން އެމެރިކާ ބައްރުގައި ކެނެޑާ އާއި އެމެރިކާ އާއި ބްރެޒީލް ފިޔަވައި ދެން ހުރި ހުރިހާ ޤައުމެއްގައިހެން މިއަދުވެސް އެންމެ ގިނަ މީހުން ވާހަކަދައްކަނީ އިސްޕެއިނު ބަހުންނެވެ. އަދި މީގެ ތެރެއިން ގިނަ ޤައުމުތަކުގެ ރަސްމީ ބަހަކީ ވެސް އިސްޕެއިނު ބަހެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

އާބާދީީގައި 46 މިލިޔަން މީހުން ތިބި ސްޕެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 28 ވަނަ ޤައުމެވެ. އެހެން ނަމަވެސް މިއަހަރު އަންދާސާކުރެވިފައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ގޮތުން 27 ވަނައިގައި އޮތް ޔުކްރެއިނަށްވުރެ ސްޕެއިނުގެ އާބާދީ އިތުރުވެ އާބާދީގެ ގޮތުން 27 ވަނަ ސްޕެއިނަށް ލިބޭނެއެވެ. އިިސްޕެއިނުގެ އާބާދީގެ 88% މީހުންނަކީ އިސްޕޭނު ނަސްލުގެ މީހުންނެވެ. އަނެއް 12% ގައި ހިމެނެނީ މޮރޮކޯ އިކުއެޑޯ އަދި ރުމޭނިޔާ ނަސްލުގެ މީހުންނެވެ. 1492 ގައި އިސްޕެއިނުގެ ނަޞާރާއިން އެ ޤައުމުގެ މުސްލިމުން ޤައުމުން ބޭރުކޮށް ފައްސާލައި އަދި ހިންގި ޤަތުލު ޢާއްމުތަކުގެ ސަބަބުން 800 އަހަރުވަންދެން މުސްލިމުންގެ ވެރިކަން އޮތް ސްޕެއިނުގައި މުސްލިމަކު ނެތި އެތައް ޤަރުނެއް ވޭތުވެގެންދިޔައެވެ. އެހެން ނަމަވެސް މިއަދު އިސްޕެއިނުގައި ކޮންމެވެސް ވަރަކަށް މުސްލިމުން އެބަތިއްބެވެ. އެއީ މިލިޔަނެއްހައި މުސްލިމުންނެވެ. އެއީ ސްޕެއިނުގެ އާބާދީގެ 2.3% އެވެ. ނަޞާރާއިން ޙިއްޞާކުރަނީ އާބާދީގެ 76% އެވެ. ދީނަކަށް ނޫޅާ މީހުންގެ އިން ސައްތައަކީ 20%އެވެ. ޔަހޫދީންގެ އާބާދީއަކީ 0.1%އެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

އިސްޕެއިނުގެ ސަގާފަތަށް ޔޫރަޕު އަދި އުތުރު އެފްރިކާގެ ސަގާފަތުގެ އަސަރާއި ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ. އިޓަލީ ފިޔަވައި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ ޤައުމަކީ ވެސް އިސްޕެއިނެވެ. އެއީ 40 ތަނެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

އިސްޕެއިނުގެ އިޤްތިޞާދަކީ ދުނިޔޭގެ 9 ވަނަ އިޤްތިޞާދެވެ. މުޅި ޔޫރަޕަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދަކީ ވެސް އިސްޕެއިނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 35116 ޑޮލަރެވެ.


Cite error: tags exist for a group named "note", but no corresponding note"/> tag was found
Cite error: tags exist, but no tag was found

އެހެން ބަސްބަހުން
 Web-Blaster V2.21 Webblaster-Feld schließen
Die angezeigte Seite wurde durch den Web-Blaster geleitet und dadurch mit der Datenbank des Assoziations-Blasters verknüpft.

Der Web-Blaster ist ein alternativer Browser, der beliebige Webseiten mit Links anreichert. Der gesamte Vorgang geschieht in Echtzeit mit den Original-Daten, es werden keine fremden Daten auf dem Blaster-Server zwischengespeichert.

Um diesen Modus zu verlassen und normal weiter zu browsen, muss der Web-Blaster abgeschaltet werden.

Webblaster abschalten